އިންޓްރެސްޓާއި ލޯނު ދައްކަން 9.5 ބިލިއަން ހޭދަކޮށްފި، އެއީ އާމްދަނީގެ 25 އިންސައްތަ
ސަން
17 ޑިސެމްބަރު 2025 | ބުދަ | 12:13
ދައުލަތުން ނަގާފައިވާ ލޯންތަކުގެ އިންޓްރެސްޓާއި ފައިނޭންސިން ޚަރަދުގެ ގޮތުގައާއި ލޯނު އަނބުރާ ދައްކަން 9.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން އެނގިއްޖެއެވެ.
ދަރަނި ދެއްކުން ފަސްކުރުމުގެ ސަބަބުން ރާއްޖޭން ކޮންމެ އަހަރަކު ވެސް އިންޓްރެސްޓަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ.
މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފުސީލުތައް ހިމެނޭ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައި ވާގޮތުން އާމްދަނީގެ ގޮތުގައި މި އަހަރު މިހާތަނަށް 36 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި، ސަރުކާރުން ވަނީ މިހާތަނަށް 38 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.