ބޭހަށް ޕެންޝަން ނެގޭގޮތަށް އެމްޑީޕީން ހުށަހެޅި އިސްލާހު ބޭރުކޮށްލުމަށް ފަހު، ސަރުކާރުން ހުށަހަޅަނީ
ސަން
17 ޑިސެމްބަރު 2025 | ބުދަ | 1:56
ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަދައިދިނުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ވެރިކަންކުރާ ޕީއެންސީން ބޭރުކޮށްލުމަށް ފަހު، ހަމަ އެފަދަ އިސްލާހެއް ސަރުކާރުން ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ވިދާޅުވުން ރޭ ވެސް ތަކުރާރުކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު، މިދިޔަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ކުޑޫ ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރުމަށް ފަހު ވަނީ، ހަމަ އެ މަހުގެ 21ވަނަ ދުވަހު ބޭއްވި ޖަލްސާގައި އިސްލާހު ބަލައިނުގަނެ، ތަޅުމުން ބޭރުކޮށްލައިފައެވެ. އެ އިސްލާހު ތަޅުމުން ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި, ޕީއެންސީގެ 61 މެންބަރުންގެ ވެސް ވޯޓާ އެކުގައެވެ.
ރައީސް، ގަލޮޅު ރައްޔިތުންނާ މުޚާތަބުކުރައްވަނީ: ކުޑޫ ހުށަހެޅުއްވި، ނަމަވެސް ޕީއެންސީން ބޭރުކޮށްލި އިސްލާހު އަލުން ހުށަހަޅާނެ ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް