އިއްޔެވެސް ދިހަ މަސާޖު ޕާލާއެއް ބަލައި، ހަތަރު ބިދޭސިއަކު ހިފަހައްޓައިފި
ސަން
17 ޑިސެމްބަރު 2025 | ބުދަ | 2:11
ބިދޭސީން ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަން ހިމެނޭ ޓާސްކްފޯހުން ކުރިއަށް ގެންދާ މަސައްކަތުގައި އިއްޔެވެސް ދިހަ މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ގަވައިދާ ޚިލާފަށް މަސައްކަތްކުރަމުން ދިޔަ ހަތަރު ބިދޭސިއަކު، އެ ދިހަ ތަން ބަލައި ފާސްކޮށް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން 'އެކްސް'ގައި ފޮޓޮއާއެކު ހިއްސާކުރި ޕޯސްޓެއްގައި، މަސާޖު ޕާލާއެއް ހިންގަމުން އައި ވިޔަފާރިއެއް ބަންދުކުރި ކަމުގެ ނޯޓިސް، އެ ޚިދުމަތުގެ މުވައްޒަފަކު ހަރުކުރާ މަންޒަރު ފެނެއެވެ.