ހިލޭ އެހީގެ 87 ޕަސެންޓް ނުލިބޭ, އެކަމަކު ދަތުރުތަކަށް ކުރި ހޭދަ ބަޖެޓަށް ވުރެ 8 މިލިއަން އިތުރު!
ސަން
17 ޑިސެމްބަރު 2025 | ބުދަ | 2:09
އަހަރު ނިމެން ކައިރިވެފައިވާއިރު މި އަހަރު ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރި އަދަދުގެ 87 ޕަސެންޓް ނުލިބޭއިރު, ދަތުރުފަތުރު ކުރުމަށް ކަނޑައެޅި ބަޖެޓަށް ވުރެން އިތުރަށް އަށް މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ހާމަކުރި, ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް ބުނާގޮތުން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ދަތުރުފަތުރު ކުރުމަށް ވަނީ 257.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެ ކަމަށް މުޅި މި އަހަރަށް ކަނޑައަޅާފައިވަނީ 249.1 މިލިއަން ރުފިޔާއެވެ.
އެހެންކަމުން އަހަރު ނިމެން 19 ދުވަސް ކުރިން ދަތުރު ފަތުރަށް ކުރި ހޭދަ، އަށް މިލިއަން ރުފިޔާ މި ވަނީ އިތުރުވެފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވެސް 1.6 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.