ކޯރަމް ހަމަނުވާތީ ބިމުގެ ދަފުތަރާގުޅޭ ގޮތުން ކައުންސިލުގައި މަޝްވަރާނުކުރެވޭތާ ދެ ހަފުތާ
ސަން
17 ޑިސެމްބަރު 2025 | ބުދަ | 3:25
އެއް ކައުންސިލަރަކު މަދުވެ، މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގެވެސް ކޯރަމް ހަމަނުވުމުން ޖަލްސާ ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ.
އަށާރަ ކައުންސިލަރުންގެ މައްޗަށް އެކުލެވޭ މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާއަށް ހާޒިރުވީ ނުވަ މެންބަރުންނެވެ. ކޯރަމް ހަމަވާނީ ދިހަ މެންބަރުން ތިބެގެންނެވެ. އެހެންވެ މިއަދުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، މޭޔަރު އާދަމް ޢާޒިމް ވަނީ ޖަލްސާ ނިންމަވާލައްވައިފައެވެ.
ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ, ކައުންސިލްގެ މިއަދުގެ ޖަލްސާއަށްވެސް، ބިމުގެ ދަފުތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތު މި ހަފުތާގެ ނިޔަލަށް ހަމަވާތީ އޭގެ ފަހުން ދަފުތަރަށް ހުށަހަޅާ ޝަކުވާތައް ބަލައިނުގަތުމާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ދަފުތަރުގައި ހިމަނާފަނުވާ އެއްބަސްވުންތަކާ މެދު އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް އެޖެންޑާކޮށްފައި ވެއެވެ.