އުކުޅަހުން ރަޝިއާގެ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ
ސަން
17 ޑިސެމްބަރު 2025 | ބުދަ | 3:27
އއ. އުކުޅަހުން ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އުކުޅަހު ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އެ މީހާއަކީ އެ ރަށު ލަ ޕަލްމާ ސޫޓްސްގައި ހުރި މީހެއް ކަމަށާއި އޭނާ ފުރަން އޮތީ މިއަދު ކަމަށެވެ. ނަމަވެސް އޭނާގެ ޚަބަރެއް ވެފައިނުވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެ ކައުންސިލުން ބުނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހަވީރު ކަމަށެވެ. އަދި އޭނާގެ ފޯނާއި އެހެނިހެން ތަކެތި އޭނާގެ ކޮޓަރީގައި ހުރި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.