"ސަން ސިޔާމް" ބްރޭންޑުން ދިރުވަން މަސައްކަތްކުރަނީ ލޯތްބާއި، ކުލުނާއި، އިންސާނިއްޔަތުކަން: ސިޔާމް
ސަން
17 ޑިސެމްބަރު 2025 | ބުދަ | 5:28
ވިޔަފާރީގައި 35 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާއިރު، "ސަން ސިޔާމް" ބްރޭންޑުން އެންމެ ބޮޑަށް ދިރުވަން މަސައްކަތްކުރި އެއް ކަމަކީ، އިންސާނިއްޔަތުކަން އިސްކޮށްގެން ވިޔަފާރިކުރުންކަމަށް ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ތޫފާން ދިތުވާގެ ސަބަބުން ލަންކާއަށް ދިމާވި ގެއްލުމުން އަރައިގަތުމަށް އެހީވާން ސިޔާމް ވަނީ، ދެ ލައްކަ ޑޮލަރު އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ހަދިޔާކުރައްވަން ނިންމަވައިފައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ 75،000 ޑޮލަރު ހަދިޔާކުރެއްވީ މިދިޔަ މަހުގެ 30ވަނަ ދުވަހެވެ. މިއަދު ވަނީ ދެ ލައްކަ ޑޮލަރުގެ އެހީގެ ބާކީ ދެއްވައިފައެވެ.
://./214665