މާލޭ މޭޔަރުކަަމަށް ޕީއެންސީގެ ކެންޑިޑޭޓަކީ މޫސާ އަލީ ޖަލީލު

ސަން

17 ޑިސެމްބަރު 2025 | ބުދަ | 6:51

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް, ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތުގެ ވެރިޔާ މޭޖާ ޖެނެރަލް ރިޓަޔާޑް، މޫސާ އަލީ ޖަލީލް ވާދަކުރައްވާ ގޮތަށް ނިންމަވައިފިއެވެ.

ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރުމަށް ޓިކެޓަށް ހުޅުވާލި ފުރުސަތުގައި، މާލެ މޭޔަރުކަމަށް، މޫސާ އަލީ ޖަލީލް ކުރިމަތި ލެއްވިކަން 'ސަން' އަށް ވަނީ ކަށަވަރު ކުރެވިފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ޝައުގުވެރިވާ، ޕާޓީގެ މެންބަރުންނަށް ހުޅުވާލި ފުރުސަތުގައި، މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތި ލެެއްވީ އެންމެ ބޭފުޅެއްކަމަށެވެ.

މައުޟޫޢުތަށް