އޮޑިޓްކޮށް ކައުންސިލް "ރީސެޓް"ކުރަން ޕީއެންއެފްގެ ޓިކެޓުގައި ޒަރިޔަންދު މާލޭ މޭޔަރުކަމަށް ވާދަކުރައްވަނީ

ސަން

17 ޑިސެމްބަރު 2025 | ބުދަ | 10:11

މާލޭގެ މޭޔަރުކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޕާޓީ ޕީއެންއެފުން ވާދަކުރައްވާނީ، ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަކުޅުންތެރިޔާ އިސްމާޢީލް ޒަރިޔަންދު ކަމަށް އެ ޕާޓީން މިރޭ ހާމަކޮށްފިއެވެ.

އާޓިފިޝަލް ބީޗުގައި ޕީއެންއެފުން "ރީސެޓް"ގެ ނަމުގައި ބާއްވަމުން އަންނަ ޖަލްސާގައި ޒަރިޔަންދު ވިދާޅުވީ މިއީ މުޅި މާލޭ ސަލާމަތްކުރުމަށް މުޅި މާލޭގެ އިދާރީ އިންތިޒާމުތައް ތަރުތީބުކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި މި ކަމަށް ޓަކައި ހިތްވަރު ދެއްވީ ޔާމީން ކަން ފާހަގަކުރައްވައި އެ މަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

"އަޅުގަނޑަށް މި ހިތްވަރު ލިބުނީ ދޭތެރެ ދޭތެރެއިން އަޅުގަނޑު ހަބަރު ބަލައިލާ އުޅުމުގެ ތެރޭގައި އިވުނު ބަސްފުޅަކުން، މާލެ ސިޓީ ކައުންސިލުގެ ތެރޭގައި ޒަމާނުއްސުރެ ކޮރަޕްޝަންގެ ތުހުމަތު އޮތް ކަމަށާއި އެ ކައުންސިލުގެ އިދާރީ ހިންގުން ގާނޫނުގެ މަގަށް ގެނެސް ސާފުކޮށްގެން ނޫނީ އެ އިދާރާ ރަނގަޅު ނުވާނެ ކަމަށާއި ތިމަންނައަށް ފެންނަ ތަނުގައި ޒަރިޔަންދު ކަހަލަ މީހަކަށް ނޫނީ އެތަން ރީސެޓް ނުކުރެވޭނެ ކަމަށް ފެންނާތީ މި ފަހަރުގެ މި އިންތިހާބުގައި މާލެ ސިޓީގެ މޭޔަރަކަށް ޒަރިޔަންދު ވާދަކުރުން މުހިންމު ކަމަށް ރައީސް ޔާމީން ވިދާޅުވުން،" ޒަރިޔަންދު ވިދާޅުވިއެވެ.

މައުޟޫޢުތަށް