ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީ ޓެކްސް އަތުލާތީ ރައީސަށް ޝަކުވާ
ސަން
18 ޑިސެމްބަރު 2025 | ބުރާސްފަތި | 9:18
ކޮށްދީފައި ހުރި މަސައްކަތްތަކަށް, ސަރުކާރުން ވިޔަފާރިތަަކަށް ދޭންޖެހޭ ފައިސާތައް ދޫނުކުރާއިރު, ޓެކްސް ނަގަމުން ދިއުމަކީ އިންސާފުވެރި ގޮތެއް ނޫންކަން ފާހަގަކޮށް, ޓެކްސަށް ލުޔެއް ހޯދައިދިނުމަށް ވިޔަފާރިވެރިން, ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުން އެދިއްޖެއެވެ.
އެކިއެކި ޕްރޮޖެކްޓްތައް ހިންގުމުން ސަރުކާރުން ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ދޫނުކުރާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. ފައިސާ ދޫކުރާނެ ކަމުގެ އެކިއެކި ތާރީހުތައް ރައީސް ސީދާ ދެއްވި ނަމަވެސް އެކަން އޮތީ އެ މުއްދަތުތަކަށް ނުވެއެވެ.
ރޭ ރައީސް މުޢިއްޒު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަދެއްކި ވަރަށް ގިނަ ވިޔަފާރިވެރިން ވަނީ ވިޔަފާރިތަކުން ސަރުކާރަށް ކޮށްދިން މަސައްކަތް ނުވަތަ މަޝްރޫއުތަކުގެ ފައިސާ، ނިމިދިޔަ ސަރުކާރުން ފެށިގެން ޕެންޑިންގައި ހުރި ވާހަކަ ފާހަގަކޮށްފައެވެ.