އުކުޅަހުން ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ، ލަފާކުރެވެނީ މޫދަށް ގެއްލުނީ ކަމަށް: ކައުންސިލް
ސަން
18 ޑިސެމްބަރު 2025 | ބުރާސްފަތި | 9:26
އއ. އުކުޅަހުން މިދިޔަ އަންގާރަ ދުވަހު ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށާއި، ބޮޑަށް ބެލެވެނީ މޫދަށް ގެއްލުނީ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
ގެއްލިފައިވަނީ، ރޯމަން ލުރޮޗްކިން ކިޔާ، 48 އަހަރުގެ ރަޝިއާ މީހެކެވެ.
އުކުޅަހު ކައުންސިލުން އިއްޔެ ބުނީ އެ މީހާއަކީ އެ ރަށު 'ލަ ޕަލްމާ ސޫޓްސް'ގައި ހުރި މީހެއް ކަމަށާއި އޭނާ ފުރަން އޮތީ އިއްޔެ ކަމަށެވެ. ނަމަވެސް އޭނާގެ ޚަބަރެއް ވެފައިނުވާ ކަމަށާއި، އޭނާ އެންމެ ފަހުން ފެނިފައިވަނީ އަންގާރަ ދުވަހުގެ ހަވީރު ކަމަށް ކައުންސިލުން ބުންޏެވެ. އަދި އޭނާގެ ފޯނާއި އެހެނިހެން ތަކެތި އޭނާގެ ކޮޓަރީގައި ހުރި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.