މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، ޑެމަރޭޖު ނާރާ ވަގުތު 124 ގަޑިއިރަށް ދިގުކުރަނީ

ސަން

18 ޑިސެމްބަރު 2025 | ބުރާސްފަތި | 10:10

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، ރާއްޖެއަށް މުދާ އެތެރުކުރުމުގައި ހޭދަވާ ޑޭމަރޭޖު ނާރާ ވަގުތު 124 ގަޑިއިރަށް ދިގުކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ހާމަކުރައްވައިފިއެވެ.

ރައީސް ރޭ ވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ވަނީ، ފަސޭހައިން މުދާ ބަހައްޓާނެ ތަންތަން ކުއްޔަށް ލިބޭ ގޮތެއް ހަދައިދިނުމަށާއި މާލެ ވިޔަފާރި ބަނދަރުން މުދާ ކްލިއާ ކުރުމުގައި ފަސޭހަ އިންޒިތާމެއް ހަމަޖައްސައިދެއްވުމަށް އެދި ރައީސަށް ހުށަހަޅުއްވާފައެވެ.

އެ ކަންކަމަށް އިޝާރަތްކުރައްވައި އެ މަނިކުފާނު ވަނީ، ވައިގެ މަގުންނާއި ކަނޑު މަގުން އެތެރެކުރާ މުދާ ކްލިއާ ކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުމަށް މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއާ ކުރުމުގެ ވަގުތު 24 ގަޑިއިރަށް ދިގުކޮށްދެއްވާނެކަން އިއުލާނުކުރައްވާފައެވެ.

މައުޟޫޢުތަށް