ރަސްމާލެ ޓްރާންސްޕޯޓް މާސްޓާޕްލޭނަށް ލަފާ ހޯދަންކުރި އިއުލާނަށް، 10 ދުވަހަށް ފަހު ބަދަލެއް

ސަން

18 ޑިސެމްބަރު 2025 | ބުރާސްފަތި | 2:57

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު ކަމަށްވާ، ރަސްމާލޭގެ ދަތުރުފަތުރާ ގުޅޭ މާސްޓާޕްލޭނެއް އެކުލަވާލުމަށް ލަފާ ހޯދަން މި މަހުގެ އަށް ވަނަ ދުވަހު ކުރި އިއުލާނަށް ބަދަލު ގެނެސް، ފިނޭންސް މިނިސްޓްރީން މިއަދު އަލުން އިއުލާނެއް ނެރެފިއެވެ.

ފިނޭންސް މިނިސްޓްރީން މި މަހުގެ އަށެއްގައި ނެރުނު އިއުލާނެއްގައި ވަނީ، ރަސްމާލޭގެ ދަތުރުފަތުރުގެ ނިޒާމާ ގުޅޭ މާސްޓާ ޕްލޭނެއް އެކުލަވާލުމަށް ޕްރިޕަރޭޝާން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓެންސީ ޚިދުމަތް ބޭނުންވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ކޮންސަލްޓެންސީގެ މައިގަނޑު މަގުސަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓާ ޕްލޭނެއް އެކުލަވައިލުން ކަމަށެވެ. އަދި އެ މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ ވެރިކަންކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް