ކަނޑުގެ ވަސީލަތްތަކުގެ ދެމެހެއްޓެނިވި ކަމަށް މަސައްކަތް ކުރާ، އޯޝަން ޑެކޭޑްގެ އެޑްވައިޒަރީ ބޯޑަށް ޝައުނާ
ސަން
18 ޑިސެމްބަރު 2025 | ބުރާސްފަތި | 3:18
ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން އިލްމު ހޯދުމަށް މަސައްކަތްކުރާ، އދ.ގެ ޑެކޭޑް އޮފް އޯޝަން ސައެންސް ފޯ ސަސްޓެއިނަބަލް ޑެވެލޮޕްމެންޓް 2021-2030 (އޯޝަން ޑެކޭޑް)ގެ ބޯޑަށް ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ އައްޔަންކޮށްފިއެވެ.
ޝައުނާ މި ބޯޑުގައި މަސައްކަތްކުރައްވާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 31، 2027ގެ ނިޔަލަށް ކަމަށް ޔުނެސްކޯއިން ބުނެފައިވެއެވެ.
އެ ބޯޑަށް ޔުނެސްކޯއިން އައްޔަންކޮށްފައިވަނީ އެކި ގައުމުތަކަށް ނިސްބަތްވާ، ކަނޑާ ބެހޭ 10 ތަޖުރިބާކާރުންނެވެ. އެ ބޯޑުގައި ދެ ޗެއާމަނުން ހިމެނެއެވެ. އެއީ އޮސްޓްރޭލިއާގެ އިންޓަގްރޭޓެޑް މެރިން އޮބްޒާވިން ސިސްޓަމްގެ ޑިރެކްޓަރު ޑރ. މިޝެލް ހިއުޕެލްއާއި ޔުނިވާސިޓީ އޮފް ވެސްޓް އިންޑީސްގެ އެންވަޔަރަމެންޓަލް ޖޯގްރަފީ ޕްރޮފެސަރު ޑރ. ޑޮނޮވަން ކޭމްޕްބެލްއެވެ.