ބާޖަކުން ކަނޑަށް ވެއްޓި ގެއްލުނު މީހަކު، މަރުވެފައި އޮއްވައި ފެނިއްޖެ
ސަން
18 ޑިސެމްބަރު 2025 | ބުރާސްފަތި | 3:32
މުދާ ހިފައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ބާޖަކުން މޫދަށް ވެއްޓި ގެއްލުނު މީހަކު، މަރުވެފައި އޮއްވައި މިއަދު ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު 13:21 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.