9،000 ބިދޭސީން ޑީޕޯޓުކޮށްފި، ސައްހަ ވޯކް ޕާމިޓެއް ހޯދަން ތިން މަހުގެ މުއްދަތެއް ދެނީ

ސަން

18 ޑިސެމްބަރު 2025 | ބުރާސްފަތި | 4:25

ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ 9،000އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓުކޮށްލާފައިވާ ކަމަށް ވިދާޅުވެ، ބިދޭސީންނަށް ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާކަން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ހާމަކުރައްވައިފިއެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް ބިދޭސީން އުޅުމަކީ "ހައްދުން ނައްޓާފައި" އޮތް މައްސަލައެކެވެ. ވިޔަފާރިތަކާއި ގިނަ މަސައްކަތްތައް ރާއްޖޭގައި ކޮށްއުޅެނީ އެ މީހުންނެވެ. އެ މައްސަލައަށް ހައްލެއް ގެނެސް، ބިދޭސީންގެ ބަޔޮމެޓްރިކް އެއްކުރުމަށް "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، މިހާތަނަށް 202،000 ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.

މައުޟޫޢުތަށް