ހުޅުމާލެ ތިންވަނަ ފިޔަވަހިން ދިން ގޯތިތަކުގެ ގުރުލުން ހޮނިހިރު ދުވަހު ފަށަނީ
ސަން
18 ޑިސެމްބަރު 2025 | ބުރާސްފަތި | 6:03
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ގުރުލުން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ޖަހާއިރު ކަމަށެވެ. ގުރުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލު ހޯލުގައެވެ.
ނަމަވެސް މިނިސްޓްރީން ބުނި ގޮތުގައި، ގުރު ނަގާނީ، ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށް ހާޒިރުވާ މީހުންގެ ކުރިމަތީ، މިނިސްޓްރީގެ މުވައްޒަފުންނެވެ.