ދައުލަތުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުން، މީޑިއާ ކޮމިޝަނާ ރަސްމީކޮށް ހަވާލުކޮށްފި
ސަން
18 ޑިސެމްބަރު 2025 | ބުރާސްފަތި | 6:19
އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ހަވާލުކުރުމަށް, ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާޠިމަތު އަޙްމަދެވެ. އަދި އެމްއެމްބީސީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަމްދީ އަގީލެވެ.
މިނިސްޓްރީން ބުނީ އެ އެމްއޯޔޫއަކީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ނޫސްވެރިކަމަށް ވަކި އިންސައްތައެއް ދައުލަތުގެ ބަޖެޓުން ކަނޑައެޅުމާ ގުޅިގެން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ގުޅޭ ކަންކަން، ހަމަހަމަ ކަމާއެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ އެމްއޯޔޫއެއް ކަމަށެވެ.