ކުރިއަށް އޮތް ދެ މަހުގެ ތެރޭ ޖަލުތަކަށް 140 ޖާގަ އިތުރުކުރެވޭނެ: ޖަލު ކޮމިޝަނަރު
ސަން
18 ޑިސެމްބަރު 2025 | ބުރާސްފަތި | 6:42
ކަރެކްޝަނަލް ސާވިސްއިން ބަލަހައްޓާ ޖަލުތަކަށް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭ 140 އެއްހާ ޖާގަ އިތުރުކުރެވޭނެ ކަމަށް، ޖަލުތަކުގެ ކޮމިޝަނަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ، މި ސަރުކާރު އައި ފަހުން ޖަލުތަކަށް 124 ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދެ މަހުގެ ތެރޭ 140 ޖާގަ އިތުރުކުރުމުގެ މަސައްކަތް ކަރެކްޝަންސްއިން ކުރާނެ ކަމަށެވެ.
އެއީ ހުޅުމާލޭ ޖަލަށް 70 ޖާގަ، އަދި ކ. ހިންމަފުށީގެ ޖަލަށް 70 ޖާގަ ކަމަށް، ޒަރީރު ވިދާޅުވިއެވެ.