ގަވައިދާ ޚިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން ސައްހަ ވޯކް ޕާމިޓު ހޯދަން އަންނަ މަހުން ފެށިގެން ހުޅުވާލަނީ
ސަން
18 ޑިސެމްބަރު 2025 | ބުރާސްފަތި | 8:05
މިވަގުތު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ވަޒީފާގެ ހުއްދަ ހަމަވެފައިވާ، ނުވަތަ ސައްހަ ލިޔެކިއުމެއްނެތި މަސައްކަތްކުރަމުން އަންނަ ބިދޭސީންނަށް ސައްހަ ވޯކް ޕާމިޓެއް ހޯދަން، މި ފެށޭ ޖެނުއަރީގެ ފުރަތަމަ ދުވަހުން ފެށިގެން ތިން މަހުގެ މުއްދަތެއް ދޭން ނިންމައިފިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއީ ރާއްޖޭގައި ގަވައިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ގަވައިދަށް ފެއްތުމަށް ކުރާ މަސައްކަތުގެ ދަށުން ކުރާ ކަމެއް ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް، ބިދޭސީންގެ މައުލޫމާތު އަދާހަމަކުރުމަށް ހުޅުވާލާނެކަން ވަނީ ހާމަކޮށްފައެވެ.
މިނިސްޓްރީން ބުނީ ވަޒީފާ ދޭ ފަރާތްތަކާއި އަމިއްލައަށް ގަވައިދަށް ފެތެން ބޭނުންވާ ބިދޭސީންނަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، އެ މުއްދަތުގައި ހުށަހެޅޭނެ ކަމަށެވެ.