މާލެއަކީ ހަމައާއި އުސޫލުން ހިނގާ ތަނަކަށް ހަދައިދޭނަން: އާޒިމް
ސަން
18 ޑިސެމްބަރު 2025 | ބުރާސްފަތި | 9:50
މާލެއަކީ ހަމައާއި އުސޫލު ތަންފީޒުވާ، ސިޓީއަކަށް ހަދައިދޭނެކަމަށް މާލެ މޭޔަރުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ، ކުރީގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ އޮތް އަލީ އާޒިމްގެ ކެމްޕެއިން ޖަލްސާގައި، އާޒިމަށް ތާއީދުކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ބައިވެރިވެވަޑައިގަތެވެ.
އާޒިމް ވިދާޅުވީ، ޕްރައިމަރީގެ މަސައްކަތަށް މާލޭ ސަރަހައްދުގައި ޑޯޓުޑޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ހަރަކާތުގައި ބައްދަލުވާ ގިނަ މީހުން ފާހަގަކުރާ ބުނާ އެއް ވާހަކައަކީ "ދެން މާލެ ބަދަލުކުރެވޭނެ، ނުވަތަ ރަނގަޅު ކުރެވޭނެ އެއްވެސް މީހަކު ނެތް" ކަމަށެވެ. އެގޮތުން ހުރިހާ ޕާޓީތަކެއްގެ މޭޔަރުން އައިސްފި ކަމަށާއި ނަމަވެސް ވީ ކަމެއް ނެތްކަމަށް ރައްޔިތުން ބުނަމުން އަންނަކަމަށް އާޒިމް ވިދާޅުވިއެވެ.