ބީސީސީގެ އޯތެންޓިކް މޯލްޑިވްސް އީ-ކޮމާސް ޕްލެޓްފޯމް އަލީބާބާއަށް
ސަން
18 ޑިސެމްބަރު 2025 | ބުރާސްފަތި | 10:36
ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)އިން ތައާރަފްކުރި "އޯތެންޓިކް މޯލްޑިވްސް" ބްރޭންޑުގެ އޮންލައިން ފިހާރަ، އެންމެ ބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލީބާބާގައި ލޯންޗުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކުރެއްވި ޕޯސްޓެއްގައިވަނީ، އަލީބާބާގައި އޯތެންޓިކް މޯލްޑިވްސްގެ އޮންލައިން ފިހާރައެއް ހުޅުވުމުގެ ސަބަބުން، 400އަށް ވުރެ ގިނަ ދިވެހި ވިޔަފާރިތަކަށް ތަކެތި ވިއްކުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.
"މިއީ ދިވެހި ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދީ ވިޔަފާރިވެރިން ބާރުވެރިކޮށް، ބޭރު ގައުމުތަކުގައި ރާއްޖޭގެ ތަކެތި ޕްރޮމޯޓްކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް،" އޭނާ ލިޔުއްވިއެވެ.