އާޒިމަށް ތާއިދުކުރަނީ މާލޭ ބަދަލުވާނެކަން ޔަގީންވާތީ: ނަޝީދު

ސަން

18 ޑިސެމްބަރު 2025 | ބުރާސްފަތި | 10:13

މާލޭ މޭޔަރުކަމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް ތާއީދުކުރައްވަނީ އޭނާގެ މޭޔަރުކަމުގެ ދައުރެއްގައި މާލެ ބަދަލުވާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ އޮތް އާޒިމްގެ ކެމްޕެއިން ޖަލްސާގައި، އާޒިމަށް ތާއީދުކުރައްވާ ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ބައިވެރިވެވަޑައިގަތެވެ.

މި ޖަލްސާގައި ވަރަށް ކުރުކޮށް ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އާޒިމަށް ތާއީދުކުރައްވަނީ އޭނާ ހޮވައި، މޭޔަރަކަށް ވެއްޖެނަމަ މާލެ ބަދަލުވާނެކަން ޔަގީންވާތީ ކަމަށެވެ.

މައުޟޫޢުތަށް