ފަހިދިރިއުޅުން ފްލެޓްތަކުގެ ކުލިތައް ކުޑަކޮށްދޭން އެދިއްޖެ

ސަން

19 ޑިސެމްބަރު 2025 | ހުކުރު | 12:28

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެޅި، ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން، އެ ތަނުގައި ދިރިއުޅެމުން އަންނަ ރައްޔިތަކު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މިރޭ ދަންނަވައިފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން، އެންމެ ފުރަތަމަ އެ ފްލެޓްތައް ހަވާލުކުރި މީހުންގެ ތެރެއިން އެކަކު ވަނީ ވާހަކަދައްކައިފައެވެ.

މި ސަރުކާރުން ނިންމީ ދެ ކޮޓަރީގެ ކުއްޔަށް 7،000 ރުފިޔާ ނެގުމަށާއި ތިން ކޮޓަރިއަށް 9،000 ރުފިޔާ ނެގުމަށެވެ. އޭގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް މެއިންޓެނެންސްގެ ގޮތުގައި 1،000 ރުފިޔާއާއި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 15،000 ރުފިޔާ ނަގާނެއެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި 1،500 ނަގާއިރު ސެކިއުރިޓީ ޑިޕޮސިޓަށް 25،000 ރުފިޔާއެވެ.

މައުޟޫޢުތަށް