ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުމަކީ ވާޖިބެއް، އެއީ އެންމެންގެ ރައްކާތެރިކަމަށް: ޚުތުބާ

ސަން

19 ޑިސެމްބަރު 2025 | ހުކުރު | 1:24

ޓްރެފިކް ގަވާއިދަށް އަމަލުކުރުމަކީ ވާޖިބެއް ކަމަށް ބުނެ، އެ ގަވައިދުތަކަށް އިހުތިރާމު ނުކުރާނަމަ އަމިއްލަ ނަފުސާއި އެހެން މީހުންނަށް ގެއްލުމެއް ލިބިދާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ޚުތުބާގައި އަލިއަޅުވާލީ، ތިމާއާއި އަނެކުންގެ ރައްކާތެރިކަމުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، އަމިއްލަ ނަފުސާއި އެހެން މީހުންގެ ރައްކާތެރިކަމަށް ސަމާލު ވެވޭނީ ﷲ އަހަރެމެނަށް ދެއްވާފައިވާ ނިއުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ކަމަށެވެ. އެ ގޮތުން، އެކަލާނގެ އަހަރެމެނަށް އެތައް ނިއުމަތްތަކެއް ދެއްވާފައިވާއިރު، އެ ހުރިހާ ކަންކަމަށް އަހަރެމެން ޝުކުރުވެރިވާން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެއެވެ.

މައުޟޫޢުތަށް