މިސްކިތުގައި ހިލޭ އިސްލާމް ޓިއުޝަން ދޭން ޝަހީމްގެ ޚިޔާލެއް
ސަން
19 ޑިސެމްބަރު 2025 | ހުކުރު | 3:37
ރާއްޖޭގެ މިސްކިތްތަކުގައި ދަރިވަރުންނަށް ހިލޭ އިސްލާމް ޓިއުޝަން ދޭން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ މިއަދު ޚިޔާލު ދެއްވައިފިއެވެ.
މިނިސްޓަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގްރޭޑު އަށެއް، ނުވައެއް، 10، 11 އަދި 12 ގެ ފޮތްތަކުން ހަފުތާކު ދެ ދުވަހު، އިލްމީ ޓީޗަރުން މެދުވެރިކޮށް ހިލޭ ޓިއުޝަން ދެވޭނެ އިންތިޒާމު ހަމަޖެއްސުން ކިހިނެތް ވާނެތޯ ސުވާލުކުރައްވާފައެވެ.
ބޭނުން ކުއްޖަކަށް ހާޒިރުވެވޭހެން އެ ކުލާސްތައް އިންތިޒާމުކުރުމަށާއި އެ ޚިޔާލު ހުށަހެޅުއްވީ، އިސްލާމް މާއްދާއާ މެދު ދެކެވޭ ވާހަކަތަކަށް ވިސްނަވާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.