އޮޔާދިޔަ ދޯންޏަކުން ކުޑަކުއްޖަކު ހިމެނޭހެން 10 މީހުން ސަލާމަތްކޮށްފި

ސަން

19 ޑިސެމްބަރު 2025 | ހުކުރު | 8:25

ދަތުރުކުރަނިކޮށް އިންޖީނު ހުއްޓިގެން އޮޔާދިޔަ، ދޯންޏަކުން ދިހަ މީހުން މިއަދު ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ، ފުވައްމުލައް ސިޓީން މަސްބާނަން ނިކުމެ އުޅުނު "ސަވާރީ" ނަމަކަށް ކިޔާ ދޯންޏެއްގެ އިންޖީނު ހުއްޓިގެން އޮޔާދާ ކަމުގެ މައުލޫމާތު ލިބުނީ، 15:50ހާއިރު ކަމަށެވެ.

އެ ކަމުގެ މައުލޫމާތު ފުވައްމުލައް ސިޓީގެ ފުލުހުންނަށް ލިބުމާ އެއްކޮށް އެ ސަރަހައްދަށް ގޮސް، ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން 10 މީހުން ޕޮލިސް ލޯންޗުގައި ފުވައްމުލަކަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.

މައުޟޫޢުތަށް