ގާނޫނު ކިޔަވާ ދަރިވަރެއް ކޯސް ފީ ނުދައްކައިގެން އިސްލާމީ ޔުނިވާސިޓީން ކޯޓަށް

ސަން

19 ޑިސެމްބަރު 2025 | ހުކުރު | 10:23

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ގާނޫނީ ދާއިރާއިން ކިޔަވަމުން ދިޔަ ދަރިވަރަކު، ކޯސް ފީ ނުދައްކައިގެން އެ ފައިސާ ހޯދަން އިސްލާމިކް ޔުނިވާސިޓީން ދައުވާކޮށްފިއެވެ.

މިއީ، 2019 ވަނަ އަހަރު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ބެޗެލާ އޮފް ޝަރިއާ އެންޑް ލޯ ވިތު އޮނާސް ކޯހުގައި ކިޔަވަމުން ދިޔަ ގއ.ވިލިނގިލީ ޝާދީވިލާ، ނަސްރުﷲ ފަތުހީ، ކޯސް ފީ ނުދައްކައިގެން އެ ފައިސާ ހޯދަން އިސްލާމިކް ޔުނިވާސިޓީން ދައުވާ ކުރި މައްސަލައެކެވެ.

މިދިޔަ، ސެޕްޓެމްބަރު މަހު ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށް، އަދި މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ނިންމި މި މައްސަލައިގެ ރިޕޯޓުން އެނގޭ ގޮތުގައި ނަސްރުﷲ ވަނީ ކޯހުގެ ދެވަނަ ސެމިސްޓާގައި ކޯހުން ވަކިވެފައެވެ.

މައުޟޫޢުތަށް