ދިވެހި ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމަށް، ޗައިނާއާއި އޮސްޓްރޭލިއާ ޔުނިވާސިޓީތަކުން މައުލޫމާތު ދެނީ
ސަން
20 ޑިސެމްބަރު 2025 | ހޮނިހިރު | 12:54
ދިވެހި ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް، ދިވެހިބަހާ ބެހޭ ވުޒާރާއިން ސެމިނާއެއް ފަށައިފިއެވެ.
ދިވެހިބަހާ ބެހޭ ވުޒާރާއިން ބުނީ މިއަަދު ފަށައިފައިވަނީ ސެމިނާގެ ދެވަނަ ބައި ކަމަށެވެ. އެގޮތުން ސެމިނާގެ ފުރަތަމަ ބައި، މިދިޔަ ހޮނިހިރު ދުވަހު ބާއްވައިފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ދިވެހިބަހާ ބެހޭ ވުޒާރާއިން ބުނީ މި ސެމިނާ ވޯކްޝޮޕަކީ ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒާއި، ޗައިނާގެ ޖިއާއޮ ތޮންގް ޔުނިވާސިޓީ އަދި އޮސްޓްރޭލިއާގެ އާރްއެމްއައިޓީ ޔުނިވާސިޓީން ގުޅިގެން ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެއް ކަމަށެވެ. އެ ސެމިނާގައި މަޢުލޫމާތު ދޭނީ އެ ދެ ޔުނިވާސިޓީގެ ކަމާބެހޭ ދާއިރާތަކުގެ ތަޖުރިބާކާރު ޕްރޮފެސަރުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.