އެމްޑީއޭއަށް 13 އަހަރު: ސިޔާމް ދެއްވީ، ރައްޔިތުންގެ ހައްގުގައި ޕާޓީން ދެމިއޮންނާނެ ކަމުގެ ޔަގީންކަން

ސަން

20 ޑިސެމްބަރު 2025 | ހޮނިހިރު | 12:10

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް މިއަދު 13 އަހަރު ފުރުނުއިރު، ރައްޔިތުންގެ ހައްގުގައި ތެދުވެރިކަމާ އެކީ އެމްޑީއޭއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ދެއްވައިފިއެވެ.

އެމްޑީއޭގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސިޔާމް ފޮނުއްވި ޚިތާބުގައި ވަނީ، ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެންބަރުންނަށް ފޮނުއްވާފައެވެ.

މިދިޔަ ދިގު މުއްދަތުގައި އެމްޑީއޭއަށް ޚިދުމަތް ކުރުމުގައި ދެމިތިބެ، އެ ޕާޓީއަށް އެކި ގޮތްގޮތުން މަސައްކަތް ކުރި މީހުންނަށް ސިޔާމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މައުޟޫޢުތަށް