ބިދޭސީން ހުއްޓުވައި ސުވާލުކުރުން: ފުރައްސާރުކުރުން އިތުރުވުމުގެ ކަންބޮޑުވުމާއެކު، ނިންމުން ބަދަލުކުރަން ގޮވާލައިފި
ސަން
20 ޑިސެމްބަރު 2025 | ހޮނިހިރު | 4:29
ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފުލުހުންނަށް އެންގެވުމާ ގުޅިގެން، އެއީ ބިދޭސީންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާއި އެ މީހުންނަށް ކުރާ ފުރައްސާރަ އިތުރުވާނެ ކަމެއް ކަމުގެ ކަންބޮޑުވުން، ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ފާޅުކޮށްފިއެވެ.
ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް މީހުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީއާއި، އެ ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް އުޅެމުންދާތީ ކަމަށް ވިދާޅުވެ، ބިދޭސީން ހުއްޓުވައި ސުވާލުކުރަން ރައީސް އެންގެވީ މިދިޔަ ބުދަ ދުވަހެވެ.
ރައީސް އެގޮތަށް އެންގެވި ފަހުން، ބިދޭސީން ޗެކްކުރި ފުރަތަމަ ރޭ ވެސް މާލެއިން 23 ބިދޭސީން ހުއްޓުވައި ސުވާލުކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު ހައްޔަރުކުރިއެވެ. އަދި އެ ބިދޭސީ މީހާ އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތްކުރާ ކަމަށް ފުލުހުން ބުންޏެވެ.