ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު

ސަން

20 ޑިސެމްބަރު 2025 | ހޮނިހިރު | 1:12

މެދުރާއްޖެ ތެރެއަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ، 12:45އިން 16:00އަށް، ޅ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން އެ ސަރަހައްދަށް ކަނޑުގަދަވާނެ ކަމަށް ބުނެފައިވާއިރު، މީގެ ކުރިން މެޓް އޮފީހުން ވަނީ މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކަނޑުގަދަވާނެ ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް