ބޯވާރެއާއެކު ފެންބޮޑުވުމުގެ ފުރުސަތު އޮތުމުން، ދުރާލާ ފިޔަވަޅު އަޅަން އިލްތިމާސެއް
ސަން
20 ޑިސެމްބަރު 2025 | ހޮނިހިރު | 2:59
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިދާނެތީ، ދުރާލާ ފިޔަވަޅު އަޅަން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.
މެދުރާއްޖެ ތެރެއަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ، 12:45އިން 16:00އަށް، ޅ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.