މަސް ދުވަހުގެ ތެރޭގައި، ލުނބޯ ކިލޯއެއްގެ އަގު 25 ރުފިޔާއިން 70އަށް!
ސަން
20 ޑިސެމްބަރު 2025 | ހޮނިހިރު | 3:44
މަސް ދުވަހުގެ ތެރޭގައި، ލުނބޯ ކިލޯއެއްގެ އަގު 25 ރުފިޔާއިން 70 ރުފިޔާއަށް އުފުލިއްޖެއެވެ.
މާރުކޭޓުގެ ގޮޅިއެއްގައި މަސައްކަތް ކުރާ ވިޔަފާރިވެރިއަކު 'ސަން'އަށް ބުނީ، ލުނބޯގެ އަގުތައް އުފުލެން ފެށީ، މީގެ ދެ ދުވަހެއް ކުރިން ކަމަށެވެ. އެއީ، ބާޒާރުގައި ލުނބޯ މަދުވުމުން ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.
ވިޔަފާރިވެރިޔާ ބުނީ، އިތުރު ޝިޕުމަންޓުތައް އައުމުން ލުނބޯގެ އަގު ހެޔޮވާނެ ކަމަށާއި މިހާރު ލުނބޯ ކިލޯއެއް ލިބެން ހުރީ 70 ރުފިޔާއަށް ކަމަށެވެ.