އަޒްމިރަލްދާއާއި މަހާޒްގެ މައްސަލަ: އޭސީސީން ޖޭއެސްސީގެ ރިޕޯޓު ހޯދީ، ފަނޑިޔާރުން ވަކިކުރިތާ ހަ މަސް ފަހުން

ސަން

20 ޑިސެމްބަރު 2025 | ހޮނިހިރު | 5:18

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ކުއްލި ގޮތަކަށް ވަކިކުރި، ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ކަމަށް ބުނެ، އެ ފަނޑިޔާރުން މަގާމުން ވަކިކުރިތާ ހަ މަސް ދުވަސް ފަހުން ފަނޑިޔާރުންގެ ތަހުގީގު ބަޔާންތައް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އޭސީސީއަށް ފޮނުވައިފިއެވެ.

އޭސީސީން ޖިނާއި މައްސަލަތަކެއް އަންނަ ކަމަށް ބުނުމުން، ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒުގެ އިތުރުން އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކުއްލި ގޮތަކަށް ސަސްޕެންޑުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26ގައެވެ. އެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ބަލާ ކަމަށް ޖޭއެސްސީން ވެސް ބުނިއިރު، އޭގެ ފަހުން ސުއޫދު އިސްތިއުފާ ދެއްވިއެވެ. އަދި، އަޒްމިރަލްދާއާއި މަހާޒު ވަކިކުރަން މެއި މަހުން ޖޭއެސްސީން ނިންމިއެވެ.

އެއަށްފަހު، ދެ ބޭފުޅުންނަށް ވެސް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ނުދީ، ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރީ މިދިޔަ މެއި މަހުގެ 14ގައެވެ.

މައުޟޫޢުތަށް