އައްޑޫގެ ގެއެއް އަނދައި ހުލިވުން: 6 މަހުގެ ވަގުތީ ބޯހިޔާވަހިކަން ދެނީ
ސަން
20 ޑިސެމްބަރު 2025 | ހޮނިހިރު | 7:16
އައްޑޫ ސިޓީ، ހިތަދޫގައި މި މަހު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ގޭގައި ދިރިއުޅުނު އަށް މީހުންނަށް ވަގުތީ ގޮތުން ހަ މަހުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަަށް މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލު ހިތަދޫ މޫލެކެޑެ ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އައްޑޫ ހިތަދޫ ގެއެއް ކަމުގައިވާ އާޔާވިލާގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.
އެމްއެންޑީއެފުން "ސަން"އަށް ބުނީ އަލިފާނުގެ ހާދިސާ ހިނގީ އެރޭގެ 19:18 ހާއިރު ކަމަށާއި، ނިއްވައިލެވުނީ 22:30 ހާއިރު ކަަމަށެވެ.