ފަސް މިލިއަން ގަސް އިންދުން: މިހާތަނަށް އެއް މިލިއަން ގަސް އިންދައިފި
ސަން
20 ޑިސެމްބަރު 2025 | ހޮނިހިރު | 5:56
ސަރުކާރުން ކުރިއަށް ގެންދާ, ފަސް މިލިއަން ގަސް ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް އެއް މިލިއަން ގަސް އިންދާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން، ފަސް މިލިއަން ގަސް އިންދަނީ ފެށީ، މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަސް ކަމަށްވާ ޖޫން ފަހެއް، 2024ގައެވެ.
އޭގެފަހުން، އެންވަޔަރަމެންޓް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބުނީ، އެ ޕްރޮގްރާމުގެ ތެރެއިން އެއް މިލިއަން ގަސް މިހާތަނަށް އިންދިފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ.