6 މަސް ފަހުން ޖޭއެސްސީގެ ރިޕޯޓު ހޯދުމުން މަހާޒު: އަނިޔާވެރިކަމުން ދެމެހެއްޓުނު ވެރިކަމެއް ނެތް!

ސަން

20 ޑިސެމްބަރު 2025 | ހޮނިހިރު | 6:38

އަނިޔާވެރިކަމުން ދެމެހެއްޓެނު ވެރިކަމެއް ނެތް ކަމަށް ވިދާޅުވެ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރިޕޯޓު ހޯދުމަށް އެހާ ދިގު މުއްދަތެއް ނެގުމުން، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ކުއްލިގޮތަކަށް ވަކިކުރި މަހާޒާއި ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްސަލަތަކެއް އޭސީސީން ބަލަމުންދާ ކަމަށް ބުނިތާ، އަދި ދެ ފަނޑިޔާރުން މަގާމުން ވަކިކުރިތާ ހަ މަސް ފަހުން، ދެ ފަނޑިޔާރުންގެ ތަހުގީގު ބަޔާންތައް ޖޭއެސްސީން އޭސީސީއަށް ފޮނުވީ މިއަދެވެ.

އެކަމަށް އިޝާރާތްކުރައްވައި މަހާޒު 'ފޭސްބުކް'ގައި ލިޔުއްވި ކުރު ޕޯސްޓެއްގައި ވަނީ، މިއީ "އަނިޔާވެރިންގެ އަނިޔާއެއް" ގޮތަށް ސިފަކުރައްވައިފައެވެ.

މައުޟޫޢުތަށް