އާމްދަނީ އިތުރުކުރާނަމަ ޓެކްސް ބޮޑުނުކޮށް ކުރަންވީ ކަމަކީ ޓެކްސް ބޭސް ފުޅާކުރުން: ނަޝީދު
ސަން
20 ޑިސެމްބަރު 2025 | ހޮނިހިރު | 9:18
ދައުލަތުގެ އާމްދަނީ މަތިކުރުމަށްޓަކައި ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސަރުކާރުން ކުރަންވީ ކަމަކީ ޓެކްސް ދައްކަންޖެހޭ މީހުން އިތުރުކޮށް، ޓެކްސް ބޭސް ފުޅާކުރުން ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
ކ. މާފުށީގެ ފަތުރުވެރިކަމުގެ އާ ޑެސްޓިނޭޝަން ބްރޭންޑް ކަމަށްވާ "ހާޓް އޮފް މޯލްޑިވްސް"، ނުވަތަ ދިވެހިރާއްޖޭގެ ހިތް ރަސްމީކޮށް އިފްތިތާހުކުރުމަށްޓަކައި ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މާފުށި ރައްޔިތުންގެ އަމިއްލަ ހާލަތު ރަނގަޅުކުރުމަށްޓަކައި އެދޭ އެދުމަކީ އެ ރަށް ކުރިއަރައި ދިއުމުގެ އަސްލު ކަމަށެވެ.
އަހަރެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން 20 ޕަސެންޓު ފަތުރުވެރިން އަރައި ފައިބަނީ މާފުށްޓަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.