ޑެންގީ ހުން އިތުރުވާތީ، ސަމާލުވާން އެދިއްޖެ

ސަން

20 ޑިސެމްބަރު 2025 | ހޮނިހިރު | 9:50

ރާއްޖޭގައި ޑެންގީ ހުން އިތުރުވަމުން އަންނާތީ، ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ޑެންގޫ ހުން ފެތުރޭ މިންވަރު އިތުރުވަމުން އަންނަކަން އެ އެޖެންސީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މަދިރީގެ ކިބައިން ރައްކާތެރިވުމާއި، މަދިރި މަދުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް އެ އެޖެންސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީ ހުން ފެތުރެނީ، އެ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށް ފަހު، ގޮސް އެހެން މީހުންގެ ގައިގައި ހެފުމުންނެވެ.

މައުޟޫޢުތަށް