ކ. ގުރައިދޫ ކައިރިން 6 ފޫޓުގެ ކިނބުލެއް ހިފައިފި

ސަން

20 ޑިސެމްބަރު 2025 | ހޮނިހިރު | 9:02

ކ. ގުރައިދޫގެ ދެކުނުން ހަ ފޫޓުގެ ކިނބުލެއް މިއަދު ހިފައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން ހަ ފޫޓުގެ ކިނބުލެއް ހިފީ "ރަންމުތް" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ.

އަދި އެ ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މިހާރު ކުރަމުން ދަނީ އެ ކިނބުލަށް ރާއްޖެ ނާދެވޭ ގޮތަށް، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މައުޟޫޢުތަށް