މާފަރު އެއާޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައި ހުޅުވައި، ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއު ފަށައިފި

ސަން

20 ޑިސެމްބަރު 2025 | ހޮނިހިރު | 10:55

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންއަށް އިތުރު ކުރި ބައި ހުޅުވައި، ޓާމިނަލްގެ ޖާގަ އިތުރުކުރުމަށް ހަދާ އިމާރާތުގެ މަޝްރޫއު މިއަދު ފަށައިފިއެވެ.

މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑު ކުރުމުގެ މަޝްރޫޢު މޯލްޑިވިއަނުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން އެމްޓީސީސީއާއި ހަވާލު ކުރީ ކުރިން އޮތް 453 އަކަ މީޓަރުގެ ފަޔާ ރޯޑު ތަޅާލުމާއ،ި 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައ،ި ސަބް ބޭސް ތައްޔާރުކޮށް، 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން އެއާފީލްޑް ލައިޓިން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ގޮތަށް މި މަޝްރޫއުގެ އަގަކީ 29.85 މިލިއަން ރުފިޔާއެވެ.

މައުޟޫޢުތަށް