ހަމަޖެހުމާއި ތަރައްގީ ހާސިލުކުރެވޭނީ އަޚުލާގު ރަނގަޅު، އުފެއްދުންތެރި ބަޔަކަށް ރައްޔިތުން ވެގެން: ރައީސް
ސަން
21 ޑިސެމްބަރު 2025 | އާދިއްތަ | 9:15
ގައުމުގައި ހަމަޖެހުމާއި ތަރައްގީ ހާސިލުކުރެވޭނީ ގައުމުގެ ސަގާފަތް އިސްލާހުކުރެވި، ރައްޔިތުންގެ އަޚުލާގު ރަނގަޅުވެ، އުފެއްދުންތެރި ބަޔަކަށް ރައްޔިތުން ވެގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ދިވެހިބަހުގެ އެކެޑަމީން ހިންގި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ލިއުންތެރިކަމާއި ވާހަކަދެއްކުމުގެ ފަންނުތަކާއި ހުނަރުތަކަކީ ގައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާ އެންމެ އަސާސީ ދެ ހުނަރާއި ފަންނު ކަމަށެވެ.
ރައީސް ވިދާޅުވީ، ގައުމު ކުރިއަރައި ދިއުމުގައި ސަގާފަތް އިސްލާހުވުން މުހިންމު ކަމަށެވެ.