ކުލި ނުދައްކާ މައްސަލަ ބޮޑުއިރު، ހިޔާ ފުލެޓުތަކުގެ ޖޫރިމަނާ މާފުކޮށްފި
ސަން
21 ޑިސެމްބަރު 2025 | އާދިއްތަ | 10:24
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި ހިމެނޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފުލެޓުތަކުން ބަރާބަރަށް ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މައާފުކޮށްދީފިއެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލް މުޙައްމަދު ސިރާޖު ވަނީ އެކަން "ސަން"އަށް ކަށަވަރު ކޮށްދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު އެޗްޑީސީން ވަނީ ޖޫރިމަނާ މައާފުކޮށްފައިވާ ފުލެޓުތަކުގެ ވެރިންނަށް ސިޓީ ވެސް ފޮނުވާފައެވެ. ނަމަވެސް، މައާފުކުރި ޖޫރިމަނާގެ އަދަދެއް އޭނާ ނުބުނެއެވެ. އިތުރު ތަފުސީލު މި ވަގުތު ހިއްސާކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން 2023 ވަނަ އަހަރު ވެސް ހިޔާ ފުލެޓުތަކުގެ ކުލި ނުދައްކައިގެން އެރި ޖޫރިމަނާ މާފުކުރިއެވެ. އެހެންވެ، މި ފަހަރު މާފުކޮށްދީފައިވަނީ މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިދިޔަ މަހާ ހަމައަށް އަރާފައިވާ ޖޫރިމަނާއެވެ.