ޑުރަގު ވިޔަފާރީގެ ތުހުމަތުގައި މާލެއިން ޒުވާން ނޭޕާލް އަންހެނަކު ހައްޔަރުކޮށްފި

ސަން

21 ޑިސެމްބަރު 2025 | އާދިއްތަ | 10:31

މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތަކާ އެކު، މާލެއިން ޒުވާން ނޭޕާލްގެ އަންހެނަކު ހައްޔަރުކޮށް އިއްޔެ ފަސް ދުވަހަށް ބަންދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ހައްޔަރުކުރީ ނޭޕާލްގެ އުމުރުން 21 އަހަރުގެ އަންހެނެކެވެ.

ކޯޓުގެ އަމުރުގައިވަނީ އެ އަންހެން މީހާ ދިރިއުޅެމުން އައި އެޕާޓްމަންޓުން ޓްރެފިކިން މިންގަނޑަށް އަރާ ވަރަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި، މަސްތުވާތަކެތި ކިރުމަށާއި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ވެސް ފެނިފައިވާ ކަމަށެވެ.

މައުޟޫޢުތަށް