ޑުރަގް ވިޔަފާރި ތުހުމަތުގައި ހައްޔަރުކުރި ނޭޕާލް އަންހެން މީހާއާއެކު، 3 ފިރިހެނުން ވެސް ހައްޔަށް

ސަން

21 ޑިސެމްބަރު 2025 | އާދިއްތަ | 1:45

ޑުރަގު ވިޔަފާރި ތުހުމަތުގައި މާލެއިން ހައްޔަރުކުރި ނޭޕާލް އަންހެން މީހާއާއެކު، ތިން ފިރިހެނުން ވެސް ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތަކާ އެކު، މާލެއިން ޒުވާން ނޭޕާލްގެ އަންހެނަކު ހައްޔަރުކޮށް، އިއްޔެ ފަސް ދުވަހަށް ބަންދުކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ހައްޔަރުކުރީ ނޭޕާލްގެ އުމުރުން 21 އަހަރުގެ އަންހެނެކެވެ. ކޯޓުގެ އަމުރުގައި ވަނީ އެ އަންހެން މީހާ ދިރިއުޅެމުން އައި އެޕާޓްމަންޓުން ޓްރެފިކިން މިންގަނޑަށް އަރާ ވަރަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ކިރުމަށާއި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ވެސް ފެނިފައިވާ ކަމަށެވެ.

މައުޟޫޢުތަށް