މިއަދުގެ ރީތީ ތާރީޚުގައި މާލޭގައި އެންމެ 13 ކައިވެނި
ސަން
21 ޑިސެމްބަރު 2025 | އާދިއްތަ | 2:10
މިއަދުގެ ރީތި ތާރީޚު، 25-12-21 ގައި ކުރަން ތާވަލުކޮށްފައި އޮތީ އެންމެ 13 ކައިވެނި ކަމަށް، ފެމިލީ ކޯޓުން މިއަދު ހާމަކޮށްފިއެވެ.
ރީތި ތާރީޚުތަކާ ގުޅުވައި ކައިވެނިކުރުމަކީ ދިވެހީންގެ މެދުގައި މަގުބޫލު ކަމެކެވެ. އެހެން ދުވަސްދުވަހު ކައިވެނި ނުކުރާ ވަރަށް ރީތި ތާރީޚުތަކުގައި ކުރާ ކައިވެނިތައް އިތުރެވެ.
ފެމިލީ ކޯޓުން ބުނީ މިއަދު 13 ކައިވެންޏެއް ކޮށްދޭއިރު، އޭގެ ތެރެއިން ފަސް ކައިވެންޏެއް ކޮށްދެނީ ރަސްމީ ގަޑީގައި ކަމަށެވެ. އަދި އަށް ކައިވެންޏެއް ކޮށްދެނީ ނުރަސްމީ ގަޑީގައި ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.