އެސްއެސް މީޑިއާއާއި ހަބޭސްގެ އެއްބަސްވުމަކާއެކު، ޕްރޮމޯޝަންތައް އިތުރު ހަރުފަތަކަށް ގެންދަނީ
ސަން
21 ޑިސެމްބަރު 2025 | އާދިއްތަ | 6:27
ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް، ހަބޭސްއިން ސަން ސިޔާމް މީޑިއާ (އެސްއެސް މީޑިއާ) ޕްރޮމޯޓް ކުރުމަށް މިއަދު އެއްބަސްވެއްޖެއެވެ.
އެސްއެސް މީޑިއާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި, އެސްއެސް މީޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މީޑިއާގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު)އެވެ. އަދި ހަބޭސް ބޮޑުބެރު ގްރޫޕްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެ ގްރޫޕްގެ އެމްޑީ ޢަލީ ޝިފާއެވެ.
ހަބޭސް ބޮޑުބެރު ގްރޫޕަކީ ރާއްޖޭގައި އެންމެ ނަން ހިނގާ އެއް ބޮޑުބެރު ގްރޫޕްކަން ފާހަގަކުރައްވައި އާސިފް ވިދާޅުވީ، އެސްއެސް މީޑިއާއިން އެ ގުރޫޕާއެކު އެއްބަސްވުމެއް ހެދުމަކީ ލިބޭ އުފަލެއް ކަމަށެވެ.