އެފްޑީސީ ފުލެޓުތައް ހަވާލުކުރާ ތާރީޚުތައް އަވަސްކޮށް، ޕޯޓަލްއިން މިރޭ އަންގަން ފަށަނީ
ސަން
21 ޑިސެމްބަރު 2025 | އާދިއްތަ | 5:39
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4،000 ފްލެޓު ހަވާލުކުރަން މީގެ ކުރިން ދީފައި އޮތް ތާރީޚުތައް އަވަސްކޮށް، ތަޅުދަނޑި ހަވާލުކުރުމާ ގުޅޭ މައުލޫމާތު މިރޭ ދޭން ފަށާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.
ޙަމްދާން 'ސަން'އަށް މިއަދު ވިދާޅުވީ، އެފްޑީސީގެ މަދު ޓަވަރުތަކަކަށް ފެން ދިނުމަށްޓަކައި ފެން ކުންފުނި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ކުރަމުންދާ މަސައްކަތް ފިޔަވައި، އެ ޓަވަރުތަކުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ފްލެޓުތަކުގެ ތަޅުދަނޑިއާ ހަވާލުވާނެ ތާރީޚު ދުރާލާ ޝެޑިއުލްކުރަން, ޕޯޓަލް މެދުވެރިކޮށް ފްލެޓުވެރިންނަށް އަންގާނެ ކަމަށެވެ. ޙަމްދާން ވިދާޅުވިގޮތުގައި ފްލެޓުވެރިން ޝެޑިއުލްކުރާ ގޮތަށް ފްލެޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރަން މާދަމާ ފަށާނެއެވެ.