ބޮޑުތަކުރުފާނު މަގު ހަދަން ގަސްތައް ނަގަނީ: ''މާލޭގައި ހުރި މަދު ގަސްތައް ނުނަގާ ވެސް މަގު ހެދޭނެ''

ސަން

21 ޑިސެމްބަރު 2025 | އާދިއްތަ | 6:56

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އަތޮޅު ފިހާރަތައް ކައިރީގައި ހުރި ބިޔަ، ދުވަސްވީ ގަސްތައް ނެގުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމަންޓު ނިންމައި، ދެވަނަ ސެގްމަންޓު ވެސް ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ފަށަން އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ.

އެ މަސައްކަތުގެ ތެރެއިން، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފެށީ، އަތޮޅު ފިހާރަތައް ކައިރީ ދުވާރުމައްޗާ ދިމާލުގައި ހުރި ގަސްތައް ނެގުމުންނެވެ. ބައެއް ގަސްތައް މުލުން ލުހެލައި، ކަނޑައިފައި ހުރި ފޮޓޯތައް ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ހިއްސާކުރަމުންނެވެ.

މައުޟޫޢުތަށް